މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމެންޓުގެ ފަރާތުން ސަރުކާުގެ ހުރިހާ ސްކޫލްތައް ރިއުކުރުމަށްފަހު އެންމެ ބޮޑަށް އެހީތެިކަން ބޭނުންވާ ސްކޫލްތައް ފާހަގަކޮށްފި

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމެންޓުގެ ފަރާތުން ސަރުކާރުގެ ހުރިހާ ސްކޫލްތައް ރިވިއުކުރުމަށްފަހު އެންމެބޮޑަށް އެހީތެރިކަން ބޭނުންވާ ސްކޫލުތައް ފާހަގަކުރިއެވެ. އެގޮތުން 55 ސްކޫލެއް ފާހަގަކޮށް އެސްކޫލުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޔުނިސެފްގެ އެހީއާއެކު ކޮންސަލްޓަންޓެއް މަސައްކަތް ކުރަން ފެށިއެވެ. ދޯދި ޕްރޮޖެކްޓުގެ ނަމުގައި ކުރިއަށްގެންދާ މިޕްރޮޖެކްޓުގައި ސްކޫލުތަކަށް އެހީތެރިވެދޭނެ ގޮތުގެ އެކްޝަން ޕްލޭނެއް ތައްޔާރުކުރެވުނެއެވ. މިއަދުގެ މިވަރކްޝޮޕަކީ  މި އެކްޝަން ޕްލޭނުގައިވާ ކަންތައްތަކާމެދު މަޝްވަރާކޮށް ގެންނަން ފެންނަ އިސްލާހުތައް ހުޝައެޅުމާއި އެކްޝަން ޕްލޭން ފައިނަލްކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ އިސްވެރިންނާއި  ސެކްޝަންތަކާއި ޑިޕާޓްމެންޓްތަކުން އަދި މި ޕްރޮޖެކްޓުގައި ހިމެނޭ ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.